- Advertisement -ad image

ތިންމަސް ތެރޭ 103 ސައިކަލު ވަގަށް ނަގައިފި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު ތިން މަސް ތެރޭ 103 ސައިކަލު ވަގަށް ނަގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އަހަރުގެ ފުރަތަމަ ކުއާޓާއަކީ ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން މާޗް 31 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ މުއްދަތެވެ.
ފުލުހުން އާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ވައްކަމާއި، ފޭރުމާއި، ހުއްދަނެތި ތަންތަނަށް ވަނުމާ ގުޅޭ 2079 މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ. އޭގެ ތެރެެއިން 964 މައްސަލައެއް ފުލުހުން ތަހުގީގު ކޮށްފައިވެއެވެ. ނަމަވެސް ތަހްގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ އެންމެ 25 މައްސަލަ އެވެ.
ފުރަތަމަ ކުއާޓަރުގައި މަގުމަތީގައި ހުންނަ ވެހިކަލްތަކުގެ ސްޕެއަރ ވަގަށް ނަގައިގެން 39 މައްސަލައެއް ހުށަހެޅުނު އިރު މޮބައިލް ފޯނު ވަގަށް ނެގި 105 މައްސަލަވެސް ހުށަހަޅާފައި ވެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފުލުހުން ތަހުގީގު ކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ ތެރެއިން 759 މައްސަލައަކީ މާލެ އިން ރިޕޯޓް ކުރި މައްސަލަތަކެވެ. އައްޑޫ ސިޓީން 24 މައްސަލަ، ފުވައްމުލަކު ސިޓީން 32 މައްސަލަ އަދި ކުޅުދުއްފުށި ސިޓީން 12 މައްސަލައާއި، އެހެނިހެން އަތޮޅުތަކުންވެސް ވައްކަމާއި ފޭރުމާ ގުޅޭ 137 މައްސަލަ ފުލުހުން ވަނީ ތަހުގީގުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ