- Advertisement -ad image

މަޖިލީހުގެ މިދައުރަށް 14 ބިލެއް ފޮނުވައިފި

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރުގެ ފަރާތުން މި އަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުމަށް ގަސްދުކުރާ ބިލުތަކުގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މި ބިލްތަކުގެ ތެރޭގައި އާ ގާނޫނެއް އެކުލަވައިލަން ތަފާތު ހަތަރު ބިލުވެސް ހިމެނެއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުމަށް ގަސްދުކުރާ ބިލުތަކުގެ ލިސްޓު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވާފައިވާ ކަމަށެވެ.
އޭޖީ އޮފީހުން އާންމުކުރި ލިސްޓުގައި ވަނީ 14 ބިލެކެވެ.
އޭޖީ އޮފީހުން ފޮނުވި ބިލުތަކުގެ ލިސްޓް:
ހައްޖާއި އުމްރާގެ ބިލު.

ފޮރިން އިންވެސްޓްމަންޓްގެ ބިލު.

ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު.

މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު. ގޭންގް ކުށްތައް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު.

މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު.

ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު.

ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރެންސްގެ ބިލު

ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު.

ޒަކާތުގެ ބިލު.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ