- Advertisement -ad image

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވަކި ގާނޫނު ހަދާ މަޖިލީހަކާއި، ޝަރުއީ ނިޒާމެއް އޮންނަންޖެހޭ: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވަކި ގާނޫނު ހަދާ މަޖިލީހަކާއި، ޝަރުއީ ނިޒާމު އޮންނަ ގޮތަށް ބަދަލު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީ ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑް ދިނުމުގެ ހަފްލާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މީގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމުފެ ވާހަކަފުޅު ދައްކަވަމުން އަންނަ ނަޝީދު ރޭ ވިދާޅުވީ، ރާއްޖެ ފެޑްރަލް ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ ފެޑްރަލް ނިޒާމެއް ރާއްޖެ އަށް ނުގެނެސްފިނަމަ ދެރަގޮތެއް ދިމާވެދާނެ ކަމަށެވެ.
“ނުވިސްނައިފިނަމަ މިކަންކަމުން ލިބޭނެ ގެއްލުން ވަރަށް ބޮޑު. މިއަދު ފެޑްރަލް ނިޒާމަކަށް ބަދަލުވާން އަޅުގަނޑުމެން ނުވިސްނައިފިނަމަ އަޅުގަނޑުމެންގެ ހަޔާތުގައި ވަރަށް ހިތާމަވެރި މަންޒަރެއް ފެނިދާނެއޭ” ނަޝީދު ވިދާޅުވިިއެވެ.
ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ ބަދަލުތައް ގިނަ ކަމަށާއި ފެޑްރަލް ނިޒާމަކަށް ބަދަލުވުމާއި އެކުގައި ވެރިކަން ކުރާގޮތައް ބަދަލު ގެނައުން އެއީ ކުރަން ޖެހޭނެ ކަމެއް ކަމަށް އެތައް ދިވެހިންނެއް މިއަދު ގަބޫލު ކުރާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ބަރުލަމާނީ ނުގެނެވިގެން ހޭބަލިވަނީ….ވެރިކަން ނުލިބިގެން…ވެރިކަމަކީ ދަރިއަކަށް ވެސް ދެވޭވަރުގެ އެއްޗެއް ނޫންތާ….!

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ