- Advertisement -ad image

ހުޅުމާލޭގައި ރޭ ފުލުހަކަށް ހަމަލާދިނީ ގޭންގަކުން: ސީޕީ ހަމީދު

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭގެ މަގުމަތިން ރޭ ފުލުހަކަށް ހަމަލާދިނީ މާލޭގައި ހިންގާ މަޝްހޫރު ގޭންގަކުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާ އަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި ފުލުސް މީހާއަށް ހަމަލާދިން ސަބަބެއް ވެސް ސީޕީ ވިދާޅެއް ނުވެއެވެ.
ހަމީދު ވިދާޅުވީ ފުލުސް މީހާއަށް ގުރޫޕަކުން ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯ ފްޓޭޖް ބައްލަވާފައިވާ ކަމަށެވެ. ހަމަލާގެ އަމާޒަކަށްވީ ފުލުހަކީ ގަލޮޅު ޕޮލިސްގައި މަަސައްކަތް ކުރައްވާ ސާޖަންޓެއްކަން ފާހަގަ ކުރައްވާ އޭނާއަށް ތައުރީފު ކުރެއްވިއެވެ. ސީޕީ ވިދާޅުވި ގޮތުގައި އެ ފުލުސް މީހާ އަށް ހަމަލާދިނީ މަޝްހޫރު ގޭންގަކުންކަން މިހާރު ވަނީ އެނގިފައެވެ.

ސީޕީ ވަނީ އެ މީހުން ހައްޔަރު ކުރުމަށް ހުޅުމާލެ ފުލުހުންގެ ޓީމުން ކުރި މަސައްކަތަށްވެސް ތައުރީފު ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ