- Advertisement -ad image

ޖަވާބުދާރީވުމަށް ޝާހިދަށް ވެސް 14 ދުވަސްދީފި

ad image

ގުޅުންހުރި ލިޔުންތައް


ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައި ގެންނެވުމަށް 14 ދުވަހުގެ ނޯޓިސް ދެއްވައިފިއެވެ.
މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވަނީ ހުށަހަޅުއްވައިފައެވެ. މިދެ މައްސަލަ ވެސް މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އާއި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންގެ ތާއީދާ ވެސް އެކުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ މިނިސްޓަރ ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލަ މިމަހުގެ 18 ވަނަ ދުވަހު 13 މެމްބަރަކު ސޮޔާއެކު، މަޖިލީހަށް ހުށަހަޅުއްވައިފައިވާ ކަމަށެވެ. މިނިސްޓަރ ޝާހިދަށް މި މައްސަލާގައި 14 ދުވަހުގެ ނޯޓިސް މިމަހުގެ 21 ވަނަ ދުވަހު މަޖިލީހުން ފޮނުވާފައިވާ ކަމަށް މަޖިލީހުގެ ނައިބް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ