- Advertisement -ad image

ފުލަހަކަށް ހަމަލާދީގެން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭގައި ރޭ ފުލުހަކަށް ހަމަލާދީގެން ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ރޭ ފުލުހެއްގެ ގައިގާ ތަޅައިގަނެ މާރާމާރީ ހިންގި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން 21 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.
އަދި 33 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް 42 އަހަރުގެ މީހާ އާއި 44 އަހަރުގެ މީހާގެ ބަންދަށް 7 ދުވަސް ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން ވަނީ މިއަދު ދީފައެވެ.

ހުޅުމާލޭގެ މަގުމަތިން ރޭ ފުލުހަކަށް ހަމަލާދިނީ މާލޭގައި ހިންގާ މަޝްހޫރު ގޭންގަކުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

އަނިޔާވި ފުލުސްމީހާ އަށް ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ