- Advertisement -ad image

އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކި ކުރަން 50 މެންބަރުންގެ ސޮއި ހަމަކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަމުން އީވާ އަބްދުﷲ ވަކިކުރަން، އެމްޑީޕީގެ 50 މެމްބަރުން ސޮއިކުރައްވައިފިއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް އަދި ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ މަޖިލިހަށް ހުށަހަޅުއްވާފައި ތަފްސީލްތައް ހާމަކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި އެމްޑީޕީގެ 50 މެމްބަރުން ވަނީ ސޮއި ކުރައްވައިފައެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކި ކުރަން ނިންމީ އެމްޑީޕީން ވަކިވާން ސިޓީ ފޮނުވުމުންނެވެ.


ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ