- Advertisement -ad image

އައްބާސް އާދިލް ރިޒާ ހޯދަން ފުލުހުން އިއުލާނުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދިންކަމުގެ މައްސަލާގައި ދައުވާކޮށްފައިވާ ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އައްބާސް އާދިލް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ.

އެ އިދާރާއިން އިތުރަށް ބުނީ އައްބާސް އާދިލް ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ ފަނާކޮށްފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ މައްސަލައައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 2023 މެއި 23 ވަނަ ދުވަހު 14:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށެވެ.
އެގޮތުން އޭނާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުންގެ އިއުލާނުގައި އެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ