- Advertisement -ad image

އިބްރާހީމް ޢަބްދުﷲގެ ބަންދަށް 30 ދުވަސް

ad image

ގުޅުންހުރި ލިޔުންތައް


ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މާރާލަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހަށް ޙާޟިރުވުމުން، ހައްޔަރުކުރި މއ.ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

ހޯދަން އިއުލާންކުރިތާ 9 ދުވަސް ފަހުން އިބްރާހީމް ޢަބްދުﷲ ފުލުސް އޮފީހަށް ހާޒިރުވީ މިއަދުއެވެ. އޭނާ ހާޒިރުވުމުން ފުލުހުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުންވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް 30 ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހީމް ޢަބްދުﷲ ހޯދަމުން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ޙަމަލާދިން މައްސަލައިގައެވެ. މެންބަރު ޒަރީރަށް ޙަމަލާދިން މައްސަލައާ ގުޅިގެން ކޯޓު ޢަމުރެއްގެ ދަށުން ދިވެހި ދެ ފިރިހެނަކު މިމަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރައްވައިފައިވެއެވެ. އެ ދެމީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ދެއްވައިފައެވެ.

މެންބަރު ޒަރީރަށް ޙަމަލާދީފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭ ކެފޭއެއްގެ އިންނަވަނިކޮށެވެ. މެންބަރު ޒަރީރަށް ބަޔަކު ޙަމަލާދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ބޭނުންކޮށްގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޙަމަލާދިނީ ކޮން އެއްޗަކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

މި ޙަމަލާއާ ގުޅިގެން މެންބަރު ޒަރީރަށް ލިބިވަޑައިގެންނެވި އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯއްދަވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ