- Advertisement -ad image

ކަނޑު ފައްތާފައި ހުއްޓާ ފެނުނީ 45 ކިލޯގެ މަސްތުވާތަކެތި، މީހަކު ހައްޔަރެއް ނުކުރޭ

ad image

ގުޅުންހުރި ލިޔުންތައް


ފ. ފިލިތެޔޮ ކައިރިން ކަނޑު އަޑިއަށް ފައްތާފައި ހުއްޓާ ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 45 ކިލޯ ހުރި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ މިތަކެތި ފެނުމާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ނިންމާލިކަން ހާމަކުރަމުންނެވެ.

ފުލުހުން ބުނީ މިއޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. މިއޮޕަރޭޝަންގެ ތެރެއިން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށް ބެލެވޭ ކަމަށާއި މިތަކެތީގެ ބަރުދަނުގައި 45 ކިލޯހުރި ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.

މި ތަކެތި ފެނުނީ ފިލިތެޔޮ ކައިރިއަށް މަސްތުވާތަކެތި ފައްތާފައި ހުރި ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފ. އަތޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އަދި އެތަކެތި ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ