- Advertisement -ad image

ސައުދީގައި ކިޔެވުމަށް ދިވެހިންނަށް 350 އަށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ސައުދީ އަރަބިއްޔާގައި އެކި ދާއިރާތަކުން ކިޔެވުމަށް ދިވެހިންނަށް ހާއްސަކޮށްގެން 350 އަށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ކުރި ޓުވީޓެއްގައި ބުނީ މިއީ މުޅި ކޯހުގެ ހުރިހާ ހަރަދެއް ސައުދީ ސަރުކާރުން ކުރާ ގޮތަށް ހުޅުވާލާފައިވާ ސްކޮލަރޝިޕްތަކެއް ކަމަށެވެ.
އަދި މި ސްކޮލާޝިޕްތަކުގެ ދަށުން ބެޗްލާސް ޑިގްރީ އާއި ޕޯސްޓްގްރެޖުއޭޓް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ޓްވީޓްގައި ބުނެފަވެއެވެ.


ސައޫދީ އެމްބަސީން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކަކީ، ބިޒްނަސް މެނޭޖުމަންޓް، މީޑިއާގެ ދާއިރާ، ކޮމްޕިއުޓާ ސައިންސް، ލޯ ސައިންސް، އެޑިއުކޭޝަނަލް ސްޕެޝަލިޓީސް އާއި ސޯޝަލް ސައިންސް، ދަނޑުވެރިކަމުގެ ދާއިރާ، އިގުތިސާދާއި ސިޔާސީ ދާއިރާ، އިންޖީނިއަރިންގެ ދާއިރާ، އިސްލާމީ ތައުލީމުގެ އިތުރުން އަރަބި އަދި އެހެން ބަސްބަހުގެ ކޯސްތަކެވެ.


ސައުދީއަކީ މިހާރު އަރަބި ގައުމުތަކުގެ ތެރެއިން މަތީ ތައުލީމު އެންމެ ރަނގަޅަށް ދޭ ގައުމުކަން ފާހަގަކޮށް ސައޫދީ އެމްބަސީން ބުނީ، އެ ގައުމުގެ ޔުނިވާސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ދުނިޔޭގެ ރޭކިންގައި ވެސް ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ.
އެގޮތުން މިހާރު ވެސް ސައޫދީގައި ހިންގާ 27 ޕްރޮގްރާމް ދުނިޔޭގެ ރޭކިންގެ އެންމެ މަތީ 100 ޕްރޮގްރާމުގެ ތެރޭގައި ހިމެނޭ ކަމަށް ބުންޏެވެ.
މިގޮތުން ދުނިޔޭގެ ރޭންކިންގައި ހިމެނޭ އެ ގައުމުގެ ފަސް ޔުނިވާސިޓީއެއްގެ ނަން ވެސް އެ އެމްބަސީން ވަނީ ފާހަގަކޮށްފައެވެ.
މި ސްކޮލާޝިޕްތަކަށް ހުށަހެޅުމުގެ ފުރުސަތު https://studyinsaudi.moe.gov.sa ވެބްސައިޓް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ވެބްސައިޓަކީ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން ސައޫދީ ސަރުކާރުން ހަދާފައިވާ ހާއްސަ ވެބްސައިޓެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ