- Advertisement -ad image

މާފަރު އެއަރޕޯޓްގައި އެކްސްކަވޭޓަރެއް ފުރޮޅާލައި މީހަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ނ.މާފަރު އެއަރޕޯޓްގެ ރަންވޭގެ މަސައްކަތުގައި ބޭނުން ކުރަމުންދިޔަ އެކްސްކަވޭޓަރެއް ފުރޮޅާލައި ހިނގި ހާދިސާގައި މީހަކު މަރުވެއްޖެއެވެ.

މިހާދިސާގައި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ އިންޑިޔާގެ މީހެކެވެ. އޭނާއަކީ އެކްސްކަވޭޓަރު ދުއްވަން އިން ޑްރައިވަރެވެ.

ފުލުހުން ބުނީ މާފަރު އެއަރޕޯޓްގެ ރަންވޭގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ އެކްސްކަވޭޓަރެއް ފޮރޮޅާލައި އަނިޔާވި މީހަކު މާފަރު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހެނދުނު 9.27 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ