- Advertisement -ad image

މައުމޫނު ޕާޓީ އެމްއާރުއެމްގެ ގޮފިތަކުގެ މަސައްކަތް ހުއްޓާލުމަށް ޕާޓީން އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ޕާޓީގެ ގޮފިތަކާއި ކޮމެޓީތަކުގެ މަސައްކަތް ހުއްޓާލުމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ މޯލްޑިވްސް ރިފޯމު މޫވްމެންޓް (އެމްއާރުއެމް)އިން އެދިއްޖެއެވެ.

އެޕާޓީން މިގޮތަށް އެދިފައި މިވަނީ 3000 މެންބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ބުދަ ދުވަހު ވަނީ އެމްއާރުއެމް އުވާލަން ނިންމާފައެވެ.
މިކަމާގުޅިގެން އެޕާޓީން މިއަދު ބުނީ އެމް.އާރް.އެމް އަށް މިއަދުވަނީ ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގާ އިލެކްޝަންސް ކޮމިޝަނުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އެ ޕާޓީގެ އެންމެހާ މެންބަރުންނަށާއި، ކޮމިޓީތަކާއި، ގުނަވަންތަކާއި، ގޮފިތަކަށް އެމް.އާރް.އެމްގެ ނަމުގައި މިވަގުތު ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް ވަނީ އެދިފައެވެ.

އެމް.އާރް.އެމް އިން ބުނީ އެޕާޓީން ޤަބޫލު ކުރާގޮތުގައި އިލެކްޝަންސް ކޮމިޝަނުން އެޕާޓީ އުވާލަން ނިންމާފައި ވަނީ ޤަވާއިދާ ޚިލާފަށް ކަމަށާއި މިކަން ސާބިތުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާ ކަމަށެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ