މާލޭގެ ފިހާރައަކުން ގަތް ތެލުލިފަތް ޕެކެޓަކުން ކުރައްޕެއްގެ ބައެއް ފެނިއްޖެއެވެ.
މި ފަތް ޕެކެޓު ގަތް ފަރާތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރަނގަޅަށް ކާލާނަމޭ ހިތާއި ރަނގަޅަށް ބަތްތަށި މޮޑެލާފައި އެހެންފާޑެއްގެ ހިކި މަސްކޮޅެއް ފެނިގެން ބަލާލިއިރު ފެނުނީ ކުރަތްޕެއްގެ އެއްބައި ކަމަށެވެ.
އަދި މޯލްޑިވްސް ސުޕަރ ކޮލިޓީ ކިޔާ މި ފަތް ޕެކެޓުގެ ބޭރުގައި އިން ނަމްބަރަށް ގުޅުމުން ފޯނު ނެގީ ބިދޭސީއެއް ކަމަށާއި ބޮސް އަކީ އާމިރުބެ ކަމަށެވެ.
“ އާމިރުބެ ނަމްބަރަށް ގުޅީމަ ބުނީ ކީއްހޯ ކުރާނީ. ކާށިދޫއިންނޯ ތެލުލީ. އާމިރުބެ ވަރަށް މާފަށްވެސް އެދުނު. މާފުވެސް ކޮށްފިން. އެކަމު ކެވުނު އެންމެން މާފު ކުރާނެ ކަމެއް ނޭންގޭ “ އެމީހާ ބުނެފައިވެއެވެ.

އޭނާ ބުނީ އެފަތްޕެކެޓުގައި އޮތީ ކުރަފީގެ އެއްބައި ކަމުން ކުރަފީގެ އަނެއްބައި ވީ ތަނެއް ނޭންގޭ ކަމަށެވެ.