- Advertisement -ad image

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރާނީ ޖޫން 12ގައި

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖެއިން މިއަހަރު ޙައްޖަށް ދާ މީހުން އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ފުރުމަށް ތައްޔާރުވެއްޖެއެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރު ޙައްޖު ދުވަހަކީ ޖޫން މަހުގެ 27 ވަނަ ދުވަހެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތެރެއިން އަންނަ މަހުގެ 12 ވަނަ ދުވަހު ފުރަތަމަ ފުރާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ މީހުންނެވެ. އެގޮތުން އެދުވަހު އެކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ 296 ދިވެހިން ފުރާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ އަންނަމަހުގެ 12 ވަނަ ދުވަހުން ފެށިގެން އެކި ދުވަސްމަތިން ޙައްޖަށް މީހުން ފުރަމުންދާނެކަމަށެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދޫކޮށްފައިވާ ގުރޫޕްތަކުގެ ތެރެއިން ހަރަމައިން ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 87 މީހުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. ސިސިލްފަރު ގުރޫޕްގެ ހަވާލުގައި ހައްޖަށް ދާ 87 މީހުން ފުރާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. މަނާސިކް ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 85 މީހުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހު ކަމަށް އެ ގުރޫޕުން މައުލޫމާތުދެއެވެ. ޙައްޖުވެރިން ޙައްޖަށް ދިއުމުގެ ކުރިން އެމީހުންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށްޓަކައި ގްރޫޕްތަކުގެ އެޑްވާންސް ޓީމްތައް ކުރިން ފުރުމަށްވަނީ ހަމަޖެހިފައިވެއެވެ. އަދި ޙައްޖުގެ އަޅުކަމަށްފަހު ޖުލައިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެނބުރި ރާއްޖެއަށް އަންނަން ފަށާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ