- Advertisement -ad image

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެޒުވާނުން މާލެ ގެނެސްފި

ad image

ގުޅުންހުރި ލިޔުންތައް


ރޭ ދަންވަރު ފުވައްމުލަކުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ ޒުވާނުން މާލެ ގެނެސްފިއެވެ.
ފުލުހުން ބުނީ ފުވައްމުލަކުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ 11:25 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކަށް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ރޭ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައެވެ.

އެ ދެ މީހުންނަކީ ވެސް ސައިކަލް ދުއްވުމުގެ ލައިސެންސް އޮންނަ މީހުން ކަމަށް ފުލުހުން ބުނެ އެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި އެކްސިޑެންޓްވި ދެ ޒުވާނުންގެ ބޮލަށް ވަނީ އަނިޔާވެފައެވެ. އެހެންކަމުން އިތުރު ފަތުވާއަާް މިހާރު ދެ ޒުވާނުން ވެސް ވަނީ މާލެ ގެނެސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ