- Advertisement -ad image

ހުކުރު ދުވަހުގެރޭ މީހަކު މަރުވި އެކްސިޑެންޓް ހިނގި ގޮތް ފުލުހުން ހާމަކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިދިޔަ ހުކުރު ދުވަހުގެ ރޭ ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކު މަރުވި ހާދިސާ ހިނގި ގޮތުގެ ތަފުސީލު ހާމަކޮށް ފުލުހުން ބަޔާނެއް ނެރެފި އެވެ.
ފުލުހުން ބަޔާނެއް ނެރެފައި މިވަނީ އެ އެކްސިޑެންޓް ހިނގީ ސައިކަލާއި ފުލުހުންގެ ޕިކަޕެއް ޖެހިގެން ކަމަށްވާތީ ކަން ހިނގި ގޮތް ސާފުކޮށް ދިނުމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހަލިމަގު، މާލެއިން ހުޅުމާލެއަށް ދާ ފަޅި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ލޭނުގައި މަގަށް ދަތިވާ ގޮތަށް ކާރެއް ހުއްޓިފައި އޮތުމުން ދުއްވާ އެހެން ވެހިކަލްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެ ކާރު ނެގުމަށް ފުލުހުންގެ ޕިކަޕެއް މަޑުކޮށްގެން އޮއްވައި އެކްސިޑެންޓްވި ސައިކަލް ބާރު ސްޕީޑްގައި ދުއްވާފައި އައިސް އެ ޕިކަޕުގެ ފަހަތުގައި ޖެހިގެން ކަަމަށެވެ.

އެ ސައިކަލް ދުއްވަމުން އައިސްފައިވަނީ ހަތަރު ފުރޮޅީ އުޅަނދުތަކަށް ހާއްސަ ލޭނުން ކަަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އަދި ހުއްޓިފައި އޮތް ކާރު ނެގުމަށް ފުލުހުންގެ ޕިކަޕު މަޑުކޮށްގެން އޮތީ ވެހިކަލް މަޑުކޮށްފައި އޮތްކަން އަންގައިދޭ ހަތަރު ސިގުނަލް ޖައްސައިގެން ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. ފުލުހުން ނެގި އެ ކާރަކީ ހުކުރު ދުވަހުގެ ރޭ 8:07 ހާއިރު ހުއްޓިގެން އެތަނުގައި ބާއްވާފައި އޮތް ކާރެކެވެ.

އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަަމަށްވެސް ބުންޏެވެ.
އެކްސިޑެންޓްގައި ސަައިކަލް ދުއްވަން އިން މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައެވެ. މަރުވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ