- Advertisement -ad image

އެމްއާރުއެމް އުވާލަން ނިންމި ނިންމުން މަޑުޖައްސާލަން ކޯޓުން އެންގުމުން މައްސަލަ ހިފައިގެން އީސީވެސް ކޯޓަށް

ad image

ގުޅުންހުރި ލިޔުންތައް


މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލުމަށް ނިންމި ނިންމުން މަޑުޖެއްސުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އުވާލުމަށް ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނީ އާދިއްތަ ދުވަހުއެވެ.
ގާނޫނުން ސިޔާސީ ޕާޓީއެއްގައި އެންމެ މަދުން ތިބެވޭނެ ކަމަށް ބުނާ 3،000 މެންބަރުން ހަމަނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލަން ނިންމީ ޕާޓީތަކުގެ މެންބަރުންގެ ގާނޫނީ އަދަދު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ދިން މުއްދަތުގައިވެސް އެކަން ނުވުމުންނެވެ.
މި މަހުގެ 24 ވަނަ ދުވަހު އީސީއިން ނިންމި މި ނިންމުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ބުނެ މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން ނުރުހުން ފާޅުކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ