- Advertisement -ad image

އިނގިރޭސިން ފާސްވާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުކުރެވިއްޖެ: މިނިސްޓަރު

ad image

ގުޅުންހުރި ލިޔުންތައް


ސުކޫލުތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުން އިނގިރޭސިން ފާސްވާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ އިނގިރޭސި އަދި ހިސާބުން ކުދިން ފާސްވާ ނިސްބަތް ދަށްވުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ނިމިގެން ދިޔަ އަހަރު އޯ ލެވެލް އިމްތިހާނުގެ ފަސް މާއްދާއިން ފާސްނުވާ ދަރިވަރުންގެ އަދަދު 50 ޕަސެންޓްގައި އުޅޭ ކަމަށް އަޑު ފެތުރިފައިވާ ކަމަށާއި އެހެންކަމުން އެކަން ސާފުކޮށް ދިނުމަށް މެންބަރުން މިއަދުގެ ޖަލްސާގައި އެދިވަޑައިގަތެވެ.
މިކަމާ ގުޅިގެން މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ފަސް މާއްދާއިން ފާސްވާ ނިސްބަތް ބަލާފައިވަނީ ބީ-ޓެކްއާއި ދަސްވާރު ހިމަނައިގެން ކަމަށެވެ. މިހާރު ދިވެހި އިސްލާމާއި އިނގިރޭސި އަދި ހިސާބުގެ އިތުރަށް ސްޓްރީމުގެ މަޖުބޫރު އެއް މާއްދާއަށް ބަލައިގެން އެ ނިސްބަތް ހަދަމުން އަންނަ ކަމަށެވެ.
އޯލެވެލް ފަސް މާއްދާއިން ފާސްވެފައިވާ މިންވަރު މި ފަސް އަހަރު ދަށްވެފައިވާކަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެގޮތުން 2013 ވަނަ އަހަރު އެ ނިސްބަތް 49 އިންސައްތާގައި ހުރިއިރު 2014 ވަނަ އަހަރު އެ ނިސްބަތްވަނީ 52 އިންސައްތައަށް އެއަށްފަހު 2015 ގައި 55.7 އިންސައްތައަށް މަތިވެފައެވެ. 2018 ވަނަ އަހަރު އެ ނިސްބަތް ހުރީ ގާތްގަނޑަކަށް 70 އިންސައްތައިގައެވެ. 2017 ވަނަ އަހަރު 77 އިންސައްތައަށް މަތިވިއެވެ.

ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އެ ނިސްބަތް އަނެއްކާވެސް ވަރަށް ބޮޑަށް ދަށްވާން ފެށިއެވެ. އެގޮތުން 2019 ގައި އެ ނިސްބަތް 68.3 އިންސައްތައަށް ދަށްވިއެވެ. އަދި 2020 ގައި 66.4 އިންސައްތައަށް ދަށްވުމަށްފަހު، 2021 ގައި އެ ނިސްބަތްވަނީ 52 އިންސައްތައަށް ވެއްޓިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ