- Advertisement -ad image

ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރަކަށް ކެޕްޓަމް އަމީން ހަމަޖައްސައިފި

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރަކަށް ކެޕްޓަން މުހައްމަދު އަމީން ހަމަޖައްސައިފިއެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޚާއްސަ ރައްމިއްޔާތެއްގައި އަމީނާއި، މެނޭޖަރުކަމުގެ ލިޔުން ހަވާލުކުރީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމެވެ. ކެޕްޓަން އަމީނަކީ ރާއްޖޭގެ މައި އެއާލައިން މޯލްޑިވިއަންގެ އިސްމަޤާމުތައް ފުރުއްވާފައިވާ ތައުލީމީ ގާބިލް ބޭފުޅެކެވެ. ކެޕްޓަން އަމީން ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް 2019 ވަނަ އަހަރު މަޤާމުން ސަރުކާރުން ވަކިކޮށްފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ވެސް ވަނީ ރައީސް ޔާމީނުގެ ކެމްޕެއިނުގެ ޑެޕިއުޓީ މެނޭޖަރު ކަމަށް ކުރީގެ ހެލްތް މިނިސްޓަރ އަހުމަދު ނާޒިމް ހަމަޖައްސަވާ ލިޔުން ހަވާލުކޮށްފައެވެ.

ރިޔާސީ އިންތިހާބަށް ތިން މަހަށްވެފައިވާއިރު އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ހުންނެވީ އަދިވެސް ޖަލުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ