ތޫނު އެއްޗަކުން ހަމަލާދީ އައްޑޫ ސިޓީގައި ޒަހަމްކޮށްލި މީހާ ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައިވާ ކަމަށް 23:38 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަނިޔާވި 27 އަހަރުގެ ދިވެހި ފިރިހެނަކަށް އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
