- Advertisement -ad image

ދޮގުވެރިކަމަކީ، ދޮގުހަދާމީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެއް އެއީ ނުބައި ކަންތަކަށް މީހާ ހުށަހެޅޭ ކަމެއް: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

ުދޮގުވެރިކަމަކީ، ދޮގުހަދާމީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެއް އެއީ ނުބައި ކަންތަކަށް މީހާ ހުށަހެޅޭ ކަމެއް ކަމަށާއި ނުބައި ބައެއް ސިފަތަކަކީ ފަރުވާ ދެވިދާނެ ސިފަތަކެއް ނަމަވެސް ދޮގުހެދުމާއި އޮޅުވައިލުމުގެ މަތީގައި ދިރިއުޅޭ މީހުންނަށް އެކަމުގައި ފަރުވާއެއް ނެތް ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ ‘ ތެދު ބުނުމަކީ ސުވަރުގެއަށް މަގުފަހިވާ ކަމެކެވެ. ‘.
ހުތުބާގައި ބުނީ ބަސްމޮށުންތެރިކަމަކީ އަހަރުމެންނަށް ދެއްވި ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި ނަމަވެސް އެއީ ދެމިޔަލީ ކަނޑިއެއްފަދަ ހަތިޔާރަކަށްވާއިރު މާތްالله ދެއްވި ކޮންމެ ނިއުމަތެއްވެސް ބޭނުންކުރަންވާނީ ތިމާއަށާއި މުޖުތަމައަށް ފައިދާ ލިބެނިވި ގޮތަކަށް ކަމަށެވެ.
އިންސާނުންނަށް އެމީހުންގެ ހަޔާތް ބިނާކުރުމަށް އަންގަވާފައިވަނީ ހައްގުގެ މަތީގައެވެ. ހައްގުނޫން ބައެއް ނުބުނުމަށާއި ހައްގު ނޫން ކަމެއް ނުކުރުމަށް މާތް الله އެމީހުންނަށް އަންގަވާފައިވެއެވެ. މިހެންވެ މުސްލިމުންގެ ހަޔާތުގައި ތެދުވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.
އިސްލާމީ މުޖުތަމައު ބިނާކުރެވެންވާނީ ތެދުގެ މަތީގައެވެ.

ހުތުބާގައި ބުނީ ދޮގުގެ ސަބަބަބުން ލިބޭ ގެއްލުން ބޮޑުވި ވަރަކަށް އެކަމުގެ ފާފަ ބޮޑުވާނެ ކަމަށެވެ.
“ ހަދައިގެން ދޮގު ހަބަރު ފަތުރާ ނޫސްވެރިޔާއާއި، ދޮގުވާހަކަ ޓުވީޓު ކުރާމީހާއާއި، އަމިއްލަ އެދުމެއް ހާސިލްކުރުމަށްޓަކައި ވާހަކަތައް ހަދަހަދައިގެން ފަތުރާމީހާއާއި، އަމިއްލަ މަގުސަދަކަށްޓަކައި މީހުންގެ ވާހަކަތައް ވެރިންގެ ގާތުގައި ދައްކާމީހާއާއި، ދޭތެރެ ޖައްސާމީހާ އެއަރައިގަންނަނީ ވަރަށް ބޮޑު ފާފައަކަށް “ ހުތުބާ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ