- Advertisement -ad image

މިދަނޑިވަޅުގައި އައްޑޫ ބިން ހިއްކަން ފެށީ އިންތިހާބަށް ނުފޫޒު ފޯރުވަން: އާދަމް ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް


އައްޑޫ ސިޓީގައި ބިން ހިއްކުމުގެ މަޝްރޫއު މިދަނޑިވަޅުގައި ފެށީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބަށް 3 މަހަށް ވުމުން ފަށާ މަޝްރޫއުތައް ގުޅެނީ ވޯޓަށް ނުފޫޒު ފޯރުވުމާ ކަމަށާއި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޖަލަށް ލާފައި ވަޒީފާ ބަހަނީ ކަމަށެވެ. އަދި ވޯޓަށް ނުފޫޒު ފޯރުވައިގެން ބާއްވާ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ 194 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޖުމްލަ 1.1 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުންޏާއި އެމްޓީސީސީންނެވެ. ބިން ހިއްކުމުގެ ކުރިން، ހިއްކާ ސަރަހައްދުން މުރަކަތައް ނަގައި އެެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ. އެގޮތުން، 70،000 މުރަކަ ކޮލިނީ ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ