- Advertisement -ad image

ޕާކިސްތާނުން ރާއްޖެއައި މީހެއްގެ އަތުން 10 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަންފި

ad image

ގުޅުންހުރި ލިޔުންތައް


ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާނު ފަސިންޖަރެއްގެ އަތުން 10 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ، މިތަކެތި އަތުލައިގަނެފައިވަނީ މިއަދު ޕާކިސްތާނުގެ ފައިސަލް އާބާދުން ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 25 އަހަރުގެ ފިރިހެނެއްގެ އަތުންކަމަށެވެ. މި ތަކެތި އަތުލައިގަނެފައިވަނީ އޭނާއާމެދު ޝައްކުކުރެވިގެން ސުވާލުކޮށް، ބަލައިފާސްކުރުމުގެ ތެރެއިންނެވެ.

މިގޮތުން ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، އެތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓްމްސްއިން ތަޙުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ. މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 10.14 ކިލޯ ހުރިކަމަށް އެ ސަރވިސްއިން ހާމަކުރެއެވެ. އަދި މިތަކެތީގެ މަގުމަތީގެ އަގު 13 މިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކާ، މި މީހާއާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ