- Advertisement -ad image

މަޖިލީހުގައި ބަންޑާރަނައިބުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތަށް ކުރިއަށް ނުގެންދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
މި މައްސަލަ މަޖިލީހަށް އެޖެންޑާކޮށް މީގެ ކުރިންވެސް ދެފަހަރެއްގައި ކުރިއަށްގެންދަން މަސައްކަތްކޮށްފައިވެއެވެ. މި މައްސަލަ ފުރަތަމަ މަޖިލީހަށް އެޖެންޑާކުރި ދުވަހު މައްސަލަ ކުރިއަށް ނުގެންދެވުނީ ރިއްފަތު ލިޔުމުން ޖަވާބުދާރީވުމުން ދެން ކަން ކުރާނެ ގޮތުގެ އުސޫލެއް އާންމު ކޮމިޓީއިން ފާސްކޮށްފައި ނެތުމުންނެވެ.
އެއަށްފަހު ރިއްފަތު މަޖިލީހަށް ހާޒިރުވުމަށް އެދުމުން ހާޒިރުކޮށްފައިވަނީ މަޖިލީހުގެ މިދިޔަ ހޯމަ ދުވަހުގެ ޖަލްސާއަށެވެ. ނަމަވެސް މެންބަރުންގެ ނިޒާމީ ނުކުތާތަކާއި، އަދި މެންބަރުން ހިންގި ހަމަނުޖެހުމުގެ ސަބަބުން މައްސަލަ މަޖިލީހުގެ ހެދުނުގެ ސެޝަންގައެއް ހުށައެއްނޭޅުނެވެ. ރިފްއަތު ޖަވާބުދާރީވުމުގެ ބައި ފެށުނީ ބްރޭކަށް ފަހު 11:30 ގައެވެ.
ރިފްއަތު ފުރަތަމަ ފުރުސަތުގައި ވާހަކަ ދައްކަވަމުން ގެންދެވިއިރު، ބައެއް މެމްބަރުން ނިޒާމީ ނުކުތާތައް ނަންގަވަމުން ގެންދެވި އެވެ. އެގޮތުން އެންމެ ފުރަތަމަ ނިޒާމީ ނުކުތާ ނަންގަވައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މައްސަލަ ހުށަހަޅުއްވައި މަޑުއްވަރީ ދާއިރާގެ މެމްބަރު ގިނަ ސުވާލުތައް ކުރެއްވިކަމަށާއި އެކަމަކު ރިފްއަތު ޖަވާބު ދެއްވަނީ ބަހުގެ ހަމަލާތައް ދޭ މޭރުމަކުން އެކި ބޭފުޅުންނަށް އަމާޒު ކުރާ ތުހުމަތުތަކާއި އެކު ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހަށް ފޮނުއްވި ޖަވާބާއި ގުޅިގެން، އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ބުނެވެސް ކުއްލި މައްސަލައެއް ހުށައެޅިއެވެ. މިމައްސަލަ ބަލައިނުގަތުމަށް 48 މެންބަރުން ވޯޓުދެއްވިއެވެ. މަޖިލީހުގެ ނިޒާމު ގެއްލެމުންދިއުމުން ރައީސް ނަޝީދު ރިޔާސަތުގައި އިންނަވާ ނިންމެވީ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ