- Advertisement -ad image

ހުޅުމާލެ ކައިރި މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލެ ފޭސްދެއެއް ކައިރި މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ އަންގާރަ ދުވަހު 17:56 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، އެޗް 16 އާ ދިމާއިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމަށެވެ.

އަދި އެއީ ބިދޭސީއެއް ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ކަމަށް ފުލުހުން ބުންޏެވެ.

މިހާރު އެ މީހާގެ ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގައެވެ.

ފުލުހުން މިހާތަނަށް ބެލިބެލުމުން އެއީ ކާކުކަން ދެނެގަނެވިފައި ނުވެއެވެ.

އަދި މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރ 9911099 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ