- Advertisement -ad image

54 މެންބަރުންގެ ސޮޔާއެކު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގެ އިދާރާއަށް މިއަދު ހުށަހަޅައިފި އެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމައި މަޖިލީހަށް އެ މައްސަލަ މިއަދު ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮއި އާއެކުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެމްބަރުންނާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި ތިއްބަވަނީ 56 މެމްބަރުންނެވެ.
އެގޮތުން ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ކޮމިޓީތައް އެކުލަވައި ނުލައި މަސައްކަތް ހުއްޓުވާފައި އޮތުން ކަމަށެވެ.
އަދި ސަބަބެއް އިއުލާން ނުކުރައްވައި ކޮންމެ ދުވަހަކު ރިޔާސަތު ދޫކުރެއްވުން ވެސް ނަޝީދު ވަކިކުރައްވަން ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ