- Advertisement -ad image

މި އަހަރު މިނާ އަދި ޢަރަފާތުގައިވެސް ދިވެހި އެންމެހައި ޙައްޖުވެރިން ތިބޭނީ އެއް ސަރަޙައްދުގައި

ad image

ގުޅުންހުރި ލިޔުންތައް


މި އަހަރު މިނާ އަދި ޢަރަފާތުގައިވެސް ދިވެހި އެންމެހައި ޙައްޖުވެރިން ތިބޭނީ އެއް ސަރަޙައްދުގައި ކަމަށް ” އަލްބައިތު ގެސްޓްސް” ގެ މެނޭޖިންގ ޑިރެކްޓަރ އުސާމާ ޢަބްދުﷲ ދާނިޝް ވިދާޅުވެއްޖެއެވެ.
1444 ވަނަ އަހަރު ދިވެހިރާއްޖެއިން ވަޑައިގަންނަވާ ޙައްޖުވެރިންނަށް ޚިދުމަތްދޭ ކުންފުނިކަމުގައިވާ ”އަލް ބައިތު ގެސްޓްސް” އާ ދިވެހި ޙައްޖު މިޝަނުން މިއަދު ވަނީ ބައްދަލުކޮށްފައެވެ.

މި ބައްދަލުވުން އޮތީ މައްކާގައި ހުންނަ ”އަލް ބައިތު ގެސްޓްސް”ގެ މައި އޮފީހުގައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ޙައްޖުގެ ޚިދުމަތްދިނުމުގައި ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންނާއި، މީނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށްޓަކައި އެ ކުންފުނިން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭގޮތުންނެވެ. އަދި މީގެ އިތުރުން ކުރީ އަހަރުތަކުގައި ދެވުނު ޚިދުމަތްތަކަށް ބަލާއިރު އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ކުންފުނީގެ ސަމާލުކަމަށް ގެނެވިފައިވެއެވެ.
ޙައްޖުވެރިންނަށްދޭ ޚިދުމަތްތައް މިއަހަރު އިތުރަށް ފުރިހަމަ ވެގެންދާނެކަން ފާހަގަ ކުރައްވަމުން ” އަލްބައިތު ގެސްޓްސް” ގެ މެނޭޖިންގ ޑިރެކްޓަރ އުސާމާ ޢަބްދުﷲ ދާނިޝް ވިދާޅުވީ އެހެން އަހަރުތަކާއި ހިލާފަށް ދިވެހި ހައްޖުވެރިންގެ ޚިދުމަތުގެ ފެންވަރު ކުރީ އަހަރުތަކަށްވުރެ ރަނގަޅުވާނެކަމުގެ ޔަޤީންކަންދޭ ކަމަށެވެ.
މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔުމުމަށް ކޯޓާ ދީފައިވަނީ 1000 މީހުންނެވެ. މީގެތެރެއިން 270 ޖާގަ ދީފައިވަނީ އަމިއްލަ ޖަމާއަތަކަށެވެ. ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުން ފުރަން ފަށާނީ މިމަހުގެ 12 ވަނަދުވަހުއެވެ. މިއަހަރުގެ ޙައްޖު ދުވަހަކީ މިމަހުގެ 27 ވަނަދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ