- Advertisement -ad image

ކުނި ބަރުކޮށްގެން ހުޅުމާލެއަށް ވަންނަން އައި ދޯންޏެއްގެ އިންޖީނުގައި ރޯވި އަލިފާން ނިއްވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ސަން އައިލެންޑް ރިސޯޓުން ކުނި ބަރުކޮށްގެން ހުޅުމާލެ އަށް ވަންނަން އައި “ސީއެމްއެފް-2” ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނުގެ ޑީސަލް ޓޭންކުގައި ރޯވި އަލިފާން އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް ރޭ 03:51 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަަނީ 03:55 ހާއިރު އެ ސަރަހައްދަށްގޮސް އަލިފާން ނިއްވުމުގެ މަަސައްކަތް ފަށާފައެވެ.
ހުޅުމާލެ ފިއުލް ސަޕްލައި މޯލްޑިވްސްގެ ހުޅަނގުން މި ދޯނި ހުޅުމާލެ ބަނދަރަށް ވަންނަނިކޮށް އެ ދޯނީގެ އިންޖީނުގެ ޑީސަލް ޓޭންކުގައި އަލިފާން ރޯވުމުން، އެ ވަގުތު އާންމުންގެ އެހީތެރިކަމާއެކު އެ ދޯނި އެދިމާލު ބަނދަރަށް ގާތްކުރުމުން އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަަނީ ފޯމް ބޭނުންކޮށްގެން އަލިފާން ނިއްވާލާފައެވެ.

ދޯނީގެ އިންޖީނުގެ ޑީސަލް ޓޭންކުގެ އިތުރުން ކުނީގެ ގޮތުގައި މި ދޯނީގައި ހުރި ބައު ދަނގަޑާއި ޓައިރާއި ލަކުޑިފަދަތަކެތީގައިވެސް ރޯވި އަލިފާން ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ކުރި މަސައްކަތުން ރޭ 04:48 ހާއިރު ވަނީ ނިއްވާލެވިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ