- Advertisement -ad image

ތިން ކަމަކަށްޓަކައި ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ތައުބާވުން ވާޖިބުވެގެންވޭ: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ތިން ކަމަކަށްޓަކައި ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ތައުބާވުން ވާޖިބުވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ “ ތައުބާގެ އަހައްމިއްޔަތާއި އޭގެ ދައުރު “ މިއެވެ.
އެގޮތުން ހުތުބާގައި ބުނީ ފުރަތަމަ ކަމަކީ މާތް الله ގެ އުގޫބާތުން ރައްކާތެރިވުމަށްޓަކައި ތައުބާވުމެވެ. ދެވަނަ ކަމަކީ އޭނާގެ އަމަލުތައް މާތް الله ގަބޫލުކުރައްވާ އްމަލުތަކަކަށް ހެދުމަށްޓަކައި ތައުބާވުމެވެ.
އެހެނީ ކުށްފާފާތަކަށް އަރައިގަނެގެން ހުރެ ކުރާ އަމަލުތައް މާތް الله ގަބޫލު ނުކުރައްވާނެތެވެ. ތިންވަނަ ކަމަކީ ސާލިހު އަމަލުތައް ކުރުމުގައި ހެޔޮ ހެޔޮ ތައުފީގު ލިބިގެންވާ މީހަކަށް ވުމަށްޓަކައި ތައުބާވުމެވެ.

“ މީހެއްގެ ހިތުގައި الله އަށް ބިރުވެތިވުން އަށަގެންފައިވާނަމަ އޭނާ އެކަލާނގެ މަނާކުރައްވާފައިވާ ކަމަކަށް އަރައެއް ނުގަންނާނެއެވެ. މާތް الله ގެ މަގާމުގެ މަތިވެރިކަން އިހުސާސްކުރެވޭ މީހާ އޭނާގެ ކުށްތަކަށް ތައުބާވުން ލަހެއް ނުކުރާނެއެވެ “ ހުތުބާ

ހުތުބާގައި ބުނީ ތައުބާވުން ލަސް ކުރުމަކީ ޝައިތާނާގެ ވަސްވާހުގެތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
“ ޝައިތާނާ އޭނާއަށް ވަސްވާސްދީ ބުނެއެވެ. ތިބާގެ ކުރިމަތީގައި އަދި ވަގުތު އެބައޮތެވެ. ހާސްވެ ކަންބޮޑުވާކަށްނުވެއެވެ. ބައެއް ފަހަރަށް ޝައިތާނާ އޭނާއަށް ވަސްވާސްދީ މާޔޫސްކޮށްލައެވެ. ނަމަވެސް އަހަރުމެން الله ގެ ރަހުމަތުން އުއްމީދު ކަނޑައިލައިގެން ނުވާނެއެވެ. އަހަރުމެންގެ މައްޗަށް އޮތީ ފާފައެއް ކުރެވޭއިރަށް މާތް الله ގެ މަގަށް އެނބުރި ރުޖޫއަވެ ތައުބާވުމެވެ “ ހުތުބާ
ތައުބާވާ މީހާ އޭނާއަށް ކުރެވުނު ކުށްތަކާއިމެދު ދެރަވެ ހިތާމަ ކުރަންޖެހޭނެ ކަމަށާއި އެ ފާފަތަކަށް އެނބުރި ނުދިއުމަށް އޭނާގެ ހިތުގައި އަޒުމު ކަނޑައަޅަންވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ