- Advertisement -ad image

ރައީސް ޔާމީނާ ވާދަކުރަން ބިރުން އުޅޭ ލީޑަރުންނަށް ރައްޔިތުންގެ ތާއީދެއް ނެތް ކަން ދަނީ ފެންނަމުން: ޑރ ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް ޔާމީނާ ވާދަކުރައްވަން ބިރުން އުޅޭ ލީޑަރުންނަށް ރައްޔިތުންގެ ތާއީދު ނެތް ކަން ދަނީ ފެންނަމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވީ ޖުމުހޫރީ ޕާޓީގެ ލީޑަރަށް ރިޔާސީ ޓިކެޓް ހަވާލު ކުރަން މިރޭ ބޭއްވި ޖަލްސާއަށް ގޮނޑިޖެހި އަދަދާ ގާތަށްވެސް މީހުން ގޮސްފައިނުވާތީ ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީނުގެ ތަރައްގީއަކީ ވަރުގަދަ ވިޝަނަރީ ރައީސެއްކަން ދަލީލުކުރާކަންތައްތައް ކަމަށެވެ.
އަދި އެމަނިކުފާނާއި ސިޔާސީގޮތުން ވާދަކުރަން ބިރަށް އުޅޭ އެކަކަށްވެސް ރައްޔިތުންގެ ތާއީދު ނެތްކަން މިދަނީ ފާޅުވަމުން ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
“ މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ “ ޑރ ޖަމީލް ވިދާޅުވިއެވެ.
ޖުމުހޫރީ ޕާާޓީން މިރޭ ބޭއްވި ޖަލްސާގައި ގިނަ އަދަދަކަށް ހުސް ގޮނޑިތައް ހުރުމާއި، މީހުން ނައުމުގެ ސަބަބުން ގިނައިރުތަކެއް ވަންދެން ޖަލްސާ ނަފަށާ ލަސްވެސް ކުރިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ