- Advertisement -ad image

ރާއްޖޭގެ ރައްޔިތުންނަށް 2023 ގައި އޮތީ އެންމެ ޗޮއިސްއެއް އެއީ ރައީސް ޔާމީން: ނަރީޝް

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ރައްޔިތުންނަށް 2023 ގައި އޮތީ އެންމެ ޗޮއިސްއެއް ކަމަށާއި އެއީ ރައީސް ޔާމީން ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ ރައީސް ޔާމީން ގަދަކޮށް އެނބުރި ވަޑައިގަންނަވާނެ ކަމަށާއި ކެމްޕޭނަށް ރަށްރަށަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.
އަދި ގައުމަށް ބޭނުން ވަނީ ސަރުކާރުން ދައްކާ ބިރަކަށް އަދި ބޭރުގެ ނުފޫޒުތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ ލީޑަރެއް ނޫން ކަމަށާއި ގައުމިއްޔަތުގެ ބަހާތަކާއި ރާއްޖޭގެ ކަނޑާ ވަޔާއި މި ސަރަހައްދު ހިމާޔަތް ކުރަން ވަކާލާތު ކުރެވޭނެ އަދި އޭގެން ބައެއް ދޫނުކޮށްލާނެ ވަރުގެ ލީޑަރެެއް ކަމަށް ނަރީޝް ވިދާޅުވިއެވެ.
“ އެ ހުރިހާ ސިފަތަކެއް ހުރި ކަމަށް ދިވެހި ރައްޔިތުން ގަބޫލު ކުރާ ބޭފުޅަކީ ކުރީގެ ރައީސް ޔާމީން “ ނަރީޝް ވިދާަޅުވިއެވެ.
ނަރީޝް އިތުރަށް ވިދާޅުވީ މިގައުމުގެ ހާލަތު ބަދަލުކުރެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީނު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ