- Advertisement -ad image

ރައްޔިތުން ބޭނުންވަނީ އަދި އެއްފަހަރު ރައީސް ޔާމީންގެ އުޖާލާ ޒަޢާމަތެއްގެ ޒަމާނެއް: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުން ބޭނުންވަނީ ފުދުންތެރި އަބުރުވެރި އަމާން ރައްކާތެރި ދިރިއުޅުމެއް ކަމަށާއި ރައްޔިތުން ބޭނުންވަނީ އަދި އެއްފަހަރު ރައީސް ޔާމީންގެ އުޖާލާ ޒަޢާމަތެއްގެ ޒަމާނެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ބަންގީގެ އަޑު އިވޭ މިނިވަން ޖައްވަކަށްނޭވާލާން ކަމަށާއި ރައްޔިތުން ބޭނުންވަނީ ލޮލަށްފެންނަ އަތްލެވޭ ތަރައްޤީ ކަމަށެވެ.
“ މިހާތަނަށް 2023 ގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރެއްވި ހުރިހާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ރިޔާސީ ޓިކެޓު އެރުވުނު ޙަފްލާތަކުން މަޖުބޫރުކަމެއްނެތި ހިތުލޯބިން އެންމެގިނަ ރައްޔިތުން ޖަމާވިތަން ފެނުނީ ރައީސް ޔާމީނަށް ޓިކެޓު އެރުވުނު ކުލަގަދަ ޙަފްލާއިން “ ޝިޔާމް ވިދާޅުވިއެވެ.
ނައިފަރު ދާއިރާގެ މެންބަރު އިތުރަށް ވިދާޅުވީ، ރައީސް ޔާމީނަކީ 2023 ގެ ރިޔާސީ ޓިކެޓު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ކެންޑިޑޭޓު ކަމަށާއި އެންމެ ގިނަ ދިވެހިރައްޔިތުން އެބޭފޫޅަކަށް ތާޢީދު ކުރައްވާ 2023 ކާމިޔާބު ކުރައްވާނެކަމުގެ އެންމެ ބޮޑު އުންމީދަކާ ޔަޤީންކަމެއްވެސް ދިވެހިންނަށް އޮތް ލީޑަރު ކަމަށެވެ.

“ މިއަދު ދިވެހިން ބަރުދާސްތު މިކުރާ ހިތްދަތި މާޔޫސް އަދި އަޅުވެތި ދުވަސްތައް މަޒީކުރުވާނެ ރައްޔިތުންނަށް މިނިވަންކަމާ އުފާފާގަތިކަން ކަށަވަރުކޮށްދޭނެ އުޖާލާ ޒަމާނެއް މިދީބަށް ހޯއްދަވައިދެއްވާނެ ލީޑަރުވެސް މެއެވެ. ރައީސް ސާލިހު‬⁩ ގެ ވެރިކަމަށް 4 އަހަރާ 7 މަސްވީއިރު ރައީސް ޔާމީން ނުހައްގުން ޖަލުގައި ގެންގުޅޭތާ 900 އެތައް ދުވަހެއްވީ “ ޝިޔާމް ވިދާޅުވިއެވެ.

އަދި އެމް.އެމް.ޕީ.އާރު.ސީ މައްސަލަ އަކީ ބޮޑު ޙިޔާނާތެއް ނަމަވެސް މިސަރުކާރުން ހެދީ ސިޔާސީ ތޫނު ހަތިޔާރަކަށް ކަމަށް ވެސް ޝިޔާމު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ހަމައެކަނި ކުށަކީ 2023ގެ ރިޔާސީ ރޭހުގައި ރައީސް ސާލިހު އާއި ވާދަކުރައްވާ ކަމަށް އަށް ހީފުޅުވުން ކަމަށެވެ.
“ ޤަބޫލުފުޅު ކުރައްވާށެވެ. ރައީސް ޔާމީން ތީގެން އެއްވެސް ކެންޑިޑޭޓަކާ ވާދައެއް ނުކުރައްވައެވެ. އެމަނިކުފާނު އަބަދުވެސް ވިދާޅުވަނީ ތިމަންމަނިކުފާން ވާދަމިކުރައްވަނީ ޤައުމުގެހުރި ބޮޑެތި މައްސަލަތަކާކަމަށެވެ. ރައްޔިތުންގެ ހުރި ބޮޑެތި ތަކުލީފުތަކާ ކަންބޮޑުވުން ތަކާކަމަށެވެ. އެކަންކަމަށް ތަސައްލީއެއް ހޯއްދަވައިދެއްވުމަށްކަމަށެވެ. ރިޔާސީ ކެންޑިޑޭޓުންގެ ވަޢުދުނާމާ އޮއްސާލެއްވިއިރު ވަޢުދުތައް އެބޭބޭފުންގެ އިސްކޮޅާ ނުބައްދަލެވެ. ގިނަދާއިރާތަކުން ކޮށްދެއްވާނެކަމަށް އެބޭފުޅުން ވިދާޅުވެފައިހުރި ކަންކަމަކީ ރައީސް ޔާމީންގެ ދައުރުގައި އަމަލުން ޖައްސަވާފައިހުރި ބެންޗުމާރކަށްވުރެ ތިރީ ވަޢުދުތަކެއް “ ޝިޔާމު ވިދާޅުވިއެވެ.

އެހެންކަމުން 9 ސެޕްޓެމްބަރުގައި ރައްޔިތުން ނިންމަންޖެހޭ ނިންމުން މާބޮޑަށްވެސް ފަސޭހަވެގެން ހިނގައްޖެ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ