- Advertisement -ad image

މިއަހަރުގެ ޢަމީރުލްހައްޖަކީ ނައިބް ރައީސް ފައިޞަލް ނަސީމް

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.
ކޮންމެ އަހަރެއްގައިވެސް ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންކަން އެންމެ ގާތުން ބެލެހެއްޓެވުމަށްޓަކައި ސަރުކާރުގެ އިސްވެރިއަކު ވަޑައިގަންނަވައެވެ.
މިދިޔަ އަހަރު ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު އަލީއެވެ.
މިއަހަރު ރާއްޖެއަށް ލިބުނު 1000 ކޯޓާގެ ތެރެއިން 270 ޖާގަ ދީފައިވަނީ އަމިއްލަ ކުންފުނިތަކަށެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން ހޯމަ ދުވަހުން ފެށިގެން ފުރަން ފަށާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ