- Advertisement -ad image

އަފީފު ރިޔާސަތުގައި އިންނަވައި ޖަލްސާ ފެއްޓެވުމުން ނިޒާމީ ނުކުތާގެ އޮއިވަރެއްގައި ޖެހި މަޖިލިސް ހުއްޓުމަކަށް

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތުގައި އިންނަވައިގެން ފެއްޓުވުމާއިއެކު ޖަލްސާ ހޫނުވެ މެދުކަނޑާލައިފިއެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އަފީފް އިންނަވައިގެން ޖަލްސާ ފެށީ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި އޮތުމުން އީވާއަށް މިހާރު މަޖިލީހުގެ ރިޔާސަތުގައި އިންނެވުމުގެ ފުރުސަތެއް ނެތެވެ.
ކުރީގެ މިނިސްޓަރ އަބްދުﷲ ޖަމީލް އަވަހާރަވުމާއި ގުޅިގެން ސުކޫތެއް ގެނައުމަށްފަހު ޖަލްސާ ކުރިއަށް ގެންދަން އަފީފް މަސައްކަތް ފެށިއެވެ. ނަމަވެސް އަފީފް ޖަލްސާ ކުރިއަށް ގެންދަން މަސައްކަތް ކުރަން ފެށުމާއިއެކު ސަރުކާރަށް ތާއިދުކުރާ އެމްޑީޕީ މެންބަރުން ގެންދަވަނީ ނިޒާމީ ނުކުތާ ނަންގަވައިގެން ޝަކުވާ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ