- Advertisement -ad image

ބުޅަލެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެ އަންހެނަކަށް ފަރުވާދެނީ

ad image

ގުޅުންހުރި ލިޔުންތައް


ޏ. ފުވައްމުލައް ސިޓީގައި ސައިކަލަކުން ބުޅަލެއްގެ ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ފުވައްމުލަކު ގެން މިސްކިތްމަގުން ދުއްވާފައި ދިޔަ ސައިކަލެއް ބުޅަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ 21:00 ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވަން އިން 36 އަހަރުގެ އަންހެންމީހާ އަށް މިހާރުވެސް ފުވަށްމުލަކު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ހާމަކުރެއެވެ.
މި އެކްސިޑެންޓް ހިނގި ވަގުތު ސައިކަލު ފަހަތުގައި އިނީ 12 އަހަރުގެ ކުއްޖެއް ކަމަށާއި އެ އަންހެންކުއްޖާއަށް ވެސް އެކުވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ސައިކަލުން ބުޅަލުގައި ޖެހި ހިނގި އެކްސިޑެންޓްތަކުގައި ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ވެފައި އެބަހުއްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ