- Advertisement -ad image

ރައީސް ސާލިހަށް ރައްޔިތުން މާފެއް ނުކުރާނެ: ޝިޔާމު

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް ދިވެހި ރައްޔިތުން މާފުނުކުރާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޝިޔާމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސާލިހު އިސްވެ ހުންނަވައި މަޖިލިސް މެޖޯރިޓީ ހިފައިގެން ސަރުކާރާ މުޢައްސަސާތައް ޖަވާބުދާރީ ނުކުރެވޭގޮތަށް މަޖިލިސް ބޮޑުތަޅު އަޅުވާފައިވާ ކަމަށެވެ. އަދި ޖުޑީޝަލް ސާރވިސް ކޮމިޝަން މެދުވެެރިކޮށް ކޯޓުތަކުން ރައީސް ޔާމީނުގެ ޝަރީޢަތްތައް 12 ގަޑިއިރަށް ދަންމައިގެން ކުރަމުން ގެންދަނީ އަނިޔާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު މިގޮތަށް ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ މަޖިލިސް ހޯމަ ދުވަހު ހެނދުނުން ފެށިގެން ރޭ 22:00 އާއި ގާތްވަންދެން ކުރިއަށް ގެންދިއުމުންނެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސް ނަގަން އިއްޔެ ހެނދުނު 09:00 ކަންހާއިރު ފެށި ޝަރީއަތް މެންދުރު ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލި ނަމަވެސް އަނެއްކާވެސް އަލުން ފަށައިގެން ރެއާއިއެކު ކުރިއަށް ގެންދިޔައެވެ. ޝަރީއަތް ގާތްގަނޑަކަށް 13 ވަރަކަށް ގަޑިއިރަށް ކުރިއަށް ގެންދިޔައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ