- Advertisement -ad image

އިދިކޮޅު މެންބަރު އާދަމް ޝަރީފު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް



ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދިޔަ އިޙުތިޖާޖުގެތެރެއިން އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކުއްލިގޮތަކަށް ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް ހައްޔަރުކޮށްފިއެވެ.

މިރޭ އިދިކޮޅުން ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން އާދަމް ޝަރީފު އާއި ބައެއް އެހެން ފަރާތްތައް ހައްޔަރުކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށް ޕީޕީއެމުން ވަނީ ބަޔާނެއް ނެރެފައެވެ.
“ ރައީސުލްޖުމްހޫރިއްޔާގެ އެންގުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރ، ޕީޕީއެމެ ގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރިމަތިކުރުވާ ތަކުލީފާއި އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން ސުލްޙަވެރިކަމާއެކު އިޙުތިޖާޖު ކުރަމުން ދާ ޢާންމު ރައްޔިތުނަނަށް އަނިޔާވެރިވެ ހައްޔަރުކޮށް ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
އިޙުތިޖާޖުގެ ތެރެއަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖެހުމާއި، ބައިވެރިންގެ ތެރެއަށް ފުލުހުން ވަދެގަތުމާއި އަދި އަނިޔާވާ ގޮތްގޮތަށް މީހުން ހައްޔަރުކުރުމުގެ އިތުރުން ގަސްތުގައި އަނިޔާކުރަމުން ގެންދާކަން ފާހަގަ ކުރަމެވެ “ ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެޕާޓީގެ ބަޔާނުގައި އިތުރަށް ބުނީ މިރޭގެ އިޙުތިޖާޖުގެތެރެއިންވެސް ފިރިހެން ފުލުހުން ބައިވެރިންގެ ތެރެއަށް ވަދެގަނެ އަންހެން ބައިވެރިން ގައިގައި ހިފައިގަނެ ހައްޔަރުކުރަމުން ގެންދިޔަ މަންޒަރާއި، ނޫސްވެރިންގެ ވާޖިބަށް ހުރަސް އަޅާ ފުރައްސާރަކުރި މަންޒަރުވެސް ވަނީ ފެނިގެން ގޮސްފައި ކަމަށެވެ.
މީގެ އިތުރުން ސުލްޙަވެރިކަމާއެކު އަޑުއުފުއްލަވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު، ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް އިޙުތިޖާޖުގެ ތެރޭގައި ސުލްޙަވެރިކަމާއެކު ހުންނަވަނިކޮށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކުއްލިއަކަށް ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
އަދި ހަމައެއާއެކު އިޙުތިޖާޖުގެ ބައިވެރިން ޝުޢޫރު ފާޅުކުރުމަށް ބޭނުންކުރަމުން ގެންދާ ބޯޑުތަކާއ ދިދަތަކުގެ އިތުރުން ހުއްދަ ނަގައިގެން އިޙުތިޖާޖުގައި ބޭނުންކުރަމުން ގެންދާ ޕިކަޕް ސައުންޑް ސިސްޓަމާއި އެކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
“ ފުލުހުންގެ ބެލުމުގެ ދަށަށް ޕިކަޕް ގެންދިޔައިރު، ޕިކަޕްގައިވާ އަގުބޮޑު ސާމާނަށްވެސް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފައިވާކަން ފާހަގަ ކުރަމެވެ.
ރައީސުލްޖުމްހޫރިއްޔާ އޯޑަރު ދެއްވިނަމަވެސް ޤާނޫނާއި ޤަވާއިދުތަކުގެ ބޭރުން ޢަމަލު ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫނެވެ. އަދި އެއީ ކުރެވިގެން ވާނޭ ކަމެއްވެސް ނޫނެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އޯޑަރު ދެއްވިނަމަވެސް، ޣައިރުޤާނޫނީ ޢަމުރަށް ކިޔަމަން ނުވުމަށް ފުލުހުންނަށް ނަސޭހަތްތެރިވަމެވެ “ ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ވަނީ މިރޭގެ އިޙުތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވާ ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރ މަޑުއްވަރީ ދާއިރާގެ މެންބަރ އާދަމް ޝަރީފާއި އެހެނިހެން ބައިވެރިން އެއްވެސް ޝަރުތެއް ނެތި މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ