- Advertisement -ad image

މިއަދުގެ ހަގީގަތަކީ ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ޙާލަތަށް މުއައްސަސާތައް ވައްޓާލައިގެން ރައީސް ސާލިހު ވެރިކަން ކުރައްވަމުން ގެންދިއުން: އިދިކޮޅު

ad image

ގުޅުންހުރި ލިޔުންތައް


މިއަދުގެ ހަގީގަތަކީ ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ޙާލަތަށް މުއައްސަސާތައް ވައްޓާލައިގެން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަން ކުރައްވަމުން ގެންދިއުން ކަމަށް އިދިކޮޅުން ބުނެފިއެވެ.
އިދިކޮޅު ޕީޕީއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވީ ވާދަވެރި ސިޔާސީ ލީޑަރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކުރިއަށް ގެންދާ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި އެ މައްސަލަތަކަށް ނުފޫޒު ފޯރުވަނީ ރައީސުލްޖުމްހޫރިއްޔާ އިސްކޮށް ހުންނަވައިގެންކަމަށް ޝިޔާމު ތުހުމަތު ކުރެއްވި އެވެ.
ދިވެހިރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ނަމަވެސް، މިއަދު ފެންނަމުން ދަނީ ތިންބާރު މަސްހުނިވެފައިވާ މަންޒަރުތައް ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އެއްވެސް ގޮތެއް މިއަދު ނެތްކަމަށް ޝިޔާމު ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ، 25 ޑިސެމްބަރުގައި ރައީސް ޔާމީނުގެ މައްޗަށް އިއްވި ހުކުމް މިއަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

އިސްތިއުނާފަށް ހުށަހެޅިތާ ފަސް މަސް ދުވަސް ވެގެން ދާއިރު، ހައިކޯޓުގައި މިއަދާއި ހަމައަށް ބޭއްވިފައިވަނީ އެންމެ އަޑުއެހުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ރައީސް ޔާމީނުގެ އިސްތިއުނާފުގެ އަޑުއެހުންތައް ކުރިއަށް ނުގެންދެވެނީ ދަށު ކޯޓުގައި އޮތް މައްސަލައާއި ގުޅިގެން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އިސްތިއުނާފުގެ އަޑުއެހުންތައް ކެންސަލް ވެފައި ދަށު ކޯޓުގައި އޮތް މައްސަލަ މިއަދު ފަތުއަޑު ކިޔާފަ ކުރިއަށް ގެންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ