- Advertisement -ad image

ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް ވ. އާރަށުގެ މުޢާމަލާތާއި ގުޅިގެން ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ޖޫން 7 ގައި ކުރިއަށް ގެންގޮސްފައިވާއިރުު، އެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައި ވަނީ އެ މައްސަލައިގައި ދަޢުވާ ސާބިތުވާ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ ފަރާތްޕުޅުން ހުށަހެޅި އިސްތިޢުނާފީ ހުށަހެޅުންތަކެވެ.
މައްސަލައިގެ ދެވަނަ އަޑުއެހުން ބުރާސްފަތި ދުވަހު ހައިކޯޓުގައި ތާވަލުކޮށްފައި ވަނީ މެންދުރުފަހު 14:00އަށެވެ. މާދަމާގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާ އިސްތިއުނާފް ނުކުތާތަކަށް ފުރުސަތު ލިބިގެންދާނެ އެވެ.
މި މައްސަލައިގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައިތައް ގެންދިއުމަށްޓަކައި މި ހަފްތާގެ ހޯމަ އަދި އަންގާރަ ދުވަހު ވެސް އަޑުއެހުމެއް ތާވަލު ކުރެވުނެވެ. އެހެން ނަމަވެސް، ދަށު ކޯޓުގައި އޮތް ރ.ފުއްގިރި މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތަކަށް ފުރުސަތު ދިނުމުގެ ގޮތުން ހައި ކޯޓުން ވަނީ ދެ ދުވަހުވެސް އެ ކޯޓުގައި ތާވަލު ކުރެވުނު އިސްތިއުނާފީ އަޑުއެހުންތައް ކެންސަލްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ