- Advertisement -ad image

ރައީސް ޔާމީނަށް ގާނޫނުން ލިބިދޭ ހައްގެއް ނިގުޅައިގަނެ، އަނިޔާވެރިވަމުންދާއިރު އެޗްއާރުސީއެމް އޮތީ ނިދާފައި: އިދިކޮޅު

ad image

ގުޅުންހުރި ލިޔުންތައް


ރައީސް ޔާމީން އަށް ގާނޫނުން ލިބިދޭ ހައްގެއް ނިގުޅައިގަނެ، އެމަނިކުފާނަށް ނުހައްގުން އަނިޔާވެރިވަމުންދާ ކަމަށާ، އެހެންނަމަވެސް އެޗްއާރުސީއެމް އަށް އެތަން ނުފެންފަ ކަމަށް އިދިކޮޅުން ބުނެފިއެވެ.
ރައީސް ޔާމީންއަށް ނުހައްގުން އަނިޔާ ކުރަމުންދާ ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ލީޑަރުން އިއްޔެ އާއި މިއަދުވެސް ވަނީ އެޗްއާރުސީއެމް އަށް ވަޑައިގެންފައެވެ.


އެއަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރުދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރ. ފުއްގިރި މުއާމަލާތާއި ގުޅުވައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި 13 ގަޑި އިރުވަންދެން ޕްލާސްޓިކް ގޮނޑިއެއްގައި އެމަނިކުފާނު ބައިންދަވާފައިވަނީ، ކެއުމާއި، ފާޚާނާ ކުރެއްވުމުގެ އިތުރުން ނަމާދު ކުރައްވަންވެސް ފުރުސަތު ނުދެއްވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ، 13 ގަޑިއިރު ވަންދެން ޝަރީއަތެއް ދިގުލައި ދެންމުމަކީ ދުނިޔޭގެ ގައުމުތަކުގައި ކަންކަން ކުރަމުން އަންނަ ގޮތެއް ނޫން ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދުވެސް ވަނީ، ރައީސް ޔާމީންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ، އެމަނިކުފާނަށް އަނިޔާ ކުރަމުންދާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ