- Advertisement -ad image

މާލޭގެ ގެއެއްގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ

ad image

ގުޅުންހުރި ލިޔުންތައް


މާލޭގެ ގެއެއްގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި އެކްސްޕްލޯޝަން ހިނގާފައިވަނީ މއ ގުލާބީގޭގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ.
މި ގޭސް އެކްސްޕްލޯޝަން ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 14:25 ހާއިރު ކަމަށް ސިފައިންގެ އިދާރާއިން ހާމަކުރެއެވެ.

މިހާދިސާ ހިނގާފައިވަނީ ގޭސް ލީކުވެފައިހުއްޓާ އުނދުން ރޯކުރުމުގެ ސަބަބުންނެވެ. އަލިފާނުގެ މި ހާދިސާގައި 35 އަހަރުގެ އަންހެނަކަށް ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ. މި ހާދިސާގައި އުނދުނަށްވެސް ވަނީ ގެއްލުންވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ