- Advertisement -ad image

ކޮންމެ މީހަކަށް ކޮންމެ އެއްޗެއް ދިނަސް ދެވެން އޮންނާނީ މަޖިލީހުން ފާސްކޮށްގެން: އަލީ އާޒިމް

ad image

ގުޅުންހުރި ލިޔުންތައް


ކޮންމެ މީހަކަށް ކޮންމެ އެއްޗެއްދިނަސް ދެވެން އޮންނާނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވިދާޅުވެއްޖެއެވެ.
އަލީ އާޒިމު މިގޮތަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ސަރުކާރުން ކުއްލިއަކަށް ބޮޑު ކުރުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.
އަލީ އާޒިމު ވިދާޅުވީ ހިނގަމުން މިދަނީ ގާނޫނީ ވެރިކަމެއްތޯ ނޫނީ ގާނޫނު އަސާސީ އެއްކާރިކޮށްލާފަ ހިތުހުރި ގޮތަކަށްކުރާ ވެރިކަމެއްތޯ
ސުވާލު އުފެދޭ ކަމަށެވެ.
“ އަހާނުލާ ތިޔަ ހަރަދުކުރަނީ ރައްޔިތުންގެ ފައިސާ. ކޮންމެ މީހަކަށް ކޮންމެ އެއްޗެއްދިނަސް ދެވެން އޮންނާނީ ރައްޔިތުންގެ މަޖްލިސްއިން ފާސްކޮށްގެން “ އާޒިމް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް 3،000 އާއި 7،000 އާ ދެމެދުގެ އަދަދަކަށް ބޮޑުކުރަން ނިންމައި ސަރުކާރުން ވަނީ އެކަން އިއުލާންކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ