- Advertisement -ad image

އަދާލަތުގެ އަމާޒާއި މަގުސަދު އާންމު ރައްޔިތުންނަށް ކިޔައިދީ ސާފުކޮށްދިނުމުން ގިނަ ބަޔަކު ޕާޓީއާއެކު ތިބޭނެ: އިމްރާން

ad image

ގުޅުންހުރި ލިޔުންތައް


އަދާލަތު ޕާޓީގެ އަމާޒާއި މަގުސަދު އާންމު ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށާއި، އެ މަގުސަދު ސާފު ކޮށްދެވުނު ވަރަކަށް އާންމު ރައްޔިތުން އެޕާޓީއާއެކު ސާބިތުވެ ތިބުމަށް މަގުފަހިވެގެން ދާނެކަމަށް އެ ޕާޓީގެ ރައީސް އިމުރާނު އަބްދުالله ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އަދާލަތު ޕާޓީގެ ބައެއް މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އިސްލާމްދީނާއި ގައުމަށް ޚިދުމަތް ކުރުމުގެ ވަރުގަދަ އަޒުމެއް އެޕާޓީގައި އޮންނަ ކަމަށާއި ބަދަލުތަކެއް ގެނެވުނީ ކެތްތެރިކަމާއި ސާބިތުކަމާއެކު ޕާޓީގައި ތިބުމުން ކަމަށެވެ.
އަދި ވޭތުވެދިޔަ ފަންސަވީހަކަށް އަހަރު ދުވަހުގެ ތެރެއިން އަށާރަ އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ މުހިންމު ބަދަލުތައް ގެނައުމުގައި އަދާލަތު ޕާޓީގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށް ވެސް އިމުރާނު ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ފާއިތުވި ތިން ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީގެ ވިސްނުން ބައްޓަންކުރަމުން އައީ، އެޕާޓީގެ އަމާޒާ ހަމައަށް އައުމަށްޓަކައި ކަމަށާއި، އެ ވަގުތަކަށް އަދާކުރެވޭން އޮތް ދައުރު އެންމެ ފުޅާކޮށް އަދާކޮށްގެން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ