- Advertisement -ad image

ރޭ މާލޭގައި ހަވާ އެރުވީ ސިފައިންގެ ތަމްރީނަކަށް

ad image

ގުޅުންހުރި ލިޔުންތައް


އިއުލާނު ކުރުމެއް ނެތި ރޭ މާލޭގައި ހަވާ އެރުވީ ސިފައިންގެ ތަމްރީނަކަށް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ރޭ މެންދަމު 12:00 ޖަހަން ކައިރިވެފައި ވަނިކޮށް ސިފައިންގެ ކަޅުތުއްކަލާ ކޮށީގައި ވަނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ހަވާ އަރުވާފައެވެ. ކުއްލިއަކަށް ހަވާގެ ބާރު އަޑު އިވުމުން އެސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ވަނީ އެކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި އެވާހަކަ ދައްކާފައެވެ.
މީގެ ކުރިން އެއްވެސް ތަނެއްގައި ހަވާ އަރުވާނަމަ އެމްއެންޑީއެފުން ކުރިން އެކަން އިއުލާނު ކުރެއެވެ.
ހަވާ އެރުވުމުގެ ހަރަކާތް ނިމުނުފަހުން އެމްއެންޑީއެފް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސިފައިންގެ ފަރިތަކުރުމެއްގައި ކަޅުތުއްކަލާ ކޮށިން ގާތްގަނޑަކަށް 10 ސިކުންތުގެ ފަޔަވޯކްސް ޑިސްޕްލޭއެއް ކުރިއަށް ގެންދެވުނު ކަމަށެވެ.
ނަމަވެސް ރޭ ހަވާ އެރުވުމުގެ ކުރިން އެކަން އިއުލާން ނުކުރީ ކީއްވެކަމެއް އެމްއެންޑީއެފް އިން ނުބުނެއެވެ.

ރޭ ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތަފްސީލެއް ވެސް އެމްއެންޑީއެފް އިން އަދި ނުދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ