- Advertisement -ad image

ރައީސް އޮފީހުގައި ތިބެ އިދިކޮޅުން ސިޓީ ލިޔެ ހަވާލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުވާ ސިޓީތައް ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީ ޕްރޮޓޮކޯލުގެ ތެރެއިން ލިބިވަޑައިނުގަންނަވާތީ، ރައީސް އޮފީހުގައި ތިއްބަވައިގެން ކޯލިޝަނުގެ ލީޑަރު އަތްޕުޅުން ސިޓީ ލިޔުއްވައި ރައީސް އޮފީހަށް ފޮނުއްވައިފިއެވެ.
އިދިކޮޅު އިއްތިހާދު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމު ސޮއިކުރައްވައި ހަވާލުކުރެއްވި ސިޓީގައި ރައީސް އާއި ބައްދަލުކުރެއްވުމަށް އިދިކޮޅު ކޯލިޝަނުގެ ލީޑަރުން ރައީސް އޮފީހަށް ވަޑައިގަންނަވާތާ މިއަދަށް 4 ދުވަސް ވެފައިވާ ކަމަށެވެ.

ނަމަވެސް މީގެން އެއްވެސް ފަހަރެއްގައި ރައީސް އާއި ބައްދަލުނުކުރެއްވޭކަން ފާހަގަކުރައްވައި އެ ސިޓީގައި އިދިކޮޅުން ބައްދަލުކުރައްވަން އެދޭ ބައެއް މުހިއްމު ސަބަބުތައް ވެސް ވަނީ ހާމަކުރައްވާފައެވެ.
އަދި ރައީސް އޮފީހުގައި ތިއްބަވައިގެން އަތްޕުޅުން ސިޓީއެއް ލިޔުއްވައި ހަވާލުކުރައްވަން ޖެހިވަޑައިގަތީ ރަސްމީ ޕްރޮޓޮކޯލުގެ ތެރެއިން މަސައްކަތްކޮށްގެން ކުރިއެރުމެއް ނުލިބުމުންކަމަށާއި، މީގެ ކުރިންވެސް ރައީސް އިބްރާހީމާ ބައްދަލުކުރައްވަން އެތައް ސިޓީއެއް ފޮނުއްވާފައިވާކަމަށް އަދުރޭގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

ހަމައެހެންމެ ރައީސް ސާލިހުގެ އަނިޔާވެރިކަމުގެ ސަބަބުން ރައީސް ޔާމީނު ޖަލުގައި އޮަންނަވާތާ މިހާތަނަށް 940 ދުވަސް ވެފައިވާކަން ފާހަގަކުރައްވައި އަބްދުއްރަހީމުވަނީ އިދިކޮޅު ލީޑަރުންނާ ބައްދަލުކުރެއްވުމަށް ރައީސް އަރިހުން އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ