- Advertisement -ad image

މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްފައިވަނީ ރައީސް ސާލިހު: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މައްސަލައެއް ވެރިކަންކުރާ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ހުށަހަޅާފަ އެވެ.
މިމައްސަލައަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 183 މާއްދާގެ ދަށުން ރައީސް ނަޝީދުގެ އިމްތިޔާޒުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހެޅިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެކަމަކު އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅާ ނަމަ ހުށަހަޅަންވީ ރައީސް ސާލިހުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މަޖިލީހުގެ ކޮމިޓީތަކާއި މަޖިލީހުގެ ހުރިހާ މަސައްކަތްތަކެއް ވެސް ދަނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަކަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މަޖިލީހުގެ ކޮންޓްރޯލް އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުލަށް ވެސް ވިދާޅުވެފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
“މަޖިލިސް ހުއްޓުވަން މިއުޅެނީ ސަރުކާރުގެ ވައްކަންތައް ފަޅާ އަރާތީވެ. ސަރުކާރުން ދިވެހި ރައްޔިތުންގެ ފައިސާ ރައީސުލްޖުމްހޫރިއްޔާ ހިތުހުރި ގޮތަކަށް ބޭނުން ކުރާތީވެ މިއުޅެނީ، ރައީސުލްޖުމްހޫރިއްޔާ މި އިއްޒަތްތެރި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެގެން މިއުޅެނީ،” ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ 90 ޑިގްރީއަށް އަތް ހިތްލައިލިޔަސް ސުވާލު ކުރަން މުލިއާގެއަށް ނޫނީ ރައީސް އޮފީހަށް ކަމަށެވެ. އެހެންވީމަ އެ އަރައިގަނެވުނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ