- Advertisement -ad image

މެޖޯރިޓީގެ އިތުބާރު ނެތް ބޭފުޅުންތަކެއް މަޖިލީހުގެ ރިޔާސަތުގައި ތިއްބެވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން: އަސްލަމް

ad image

ގުޅުންހުރި ލިޔުންތައް


މެޖޯރިޓީގެ އިތުބާރު ނެތް ބޭފުޅުންތަކެއް މަޖިލީހުގެ ރިޔާސަތުގައި ތިއްބެވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުންގެ ބޮޑު ޢައުލަބިއްޔަތަކުން ވަނީ ވައްދާފައި ކަމަށެވެ.
އަދި މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ޖާގަ ދެނީކީ އެއްގޮތަކަށްވެސް މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް ދާތީ ނޫންކަމަށާއި އެއީ ކިރިޔާވެސް މަޖިލީހުގެ މަސައްކަތެއް ކުރެވޭނެ ޖާގަ އޮތްނަމަ އެޖާގައަކަށް އެމްޑީޕީން ހުރަސް ނޭޅުމަަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލައެއް ހުށަހެޅި ނޯޓިސް ހަމަވެފައިވާއިރުވެސް އެމައްސަލަ ކުރިއަށް ނުގެންދިއުމަކީ ސީދާ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ހިންގާކަމުގެ ހެއްކެއް ކަމަށެވެ. މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅިފައި އޮވެ މުއްދަތު ހަމަވުމުން އެހެން މަސައްކަތްތައް ގެންދެވޭނީ އެމައްސަލަތައް ނިންމުމަށްފަހު ކަމަށް އަސްލަމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ