- Advertisement -ad image

ކެލާ ކައުންސިލުން އީދު ޝޯއަށް އިންޑިއާ ބޭންޑެއް ގެންނަން ހަތަރު ލައްކަ ރުފިޔާ ބަޖެޓްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ހއ ކެލާ ކައުންސިލުން ބޮޑު އީދުގައި ޝޯ ދިނުމަށް އިންޑިއާ ބޭންޑެއް ގެންނަން ހަތަރު ލައްކަ ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިފިއެވެ.
އެގޮތުން ހއ ކެލާ ކައުންސިލުން އާއްމުކޮށްފައިވާ ތަފުސީލުތަކަށް ބަލާއިރު ކެލާ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 101 ވަނަ އާއްމު ބައްދަލުވުމުގައި ނިންމާފައިވަނީ އަޟްހާ އީދަށް އިންޑިއާ ބޭންޑު ގެނައުމަށް ބަޖެޓް ސީލިންގ ގޮތުގައި ހަތަރުލައްކަ ރުފިޔާ ހަމަޖެއްސުމަށް ނިންމާފައެވެ.


ކެލާ ކައުންސިލްގެ ފޭސްބުކްގައި ޝާއިއުކޮށްފައިވާ މި ޕޯސްޓްޓަށް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް ކޮމެންޓްތައް ކޮށްފައެވެ. އެގޮތުން މިއުޒިކް ބޭންޑް ގެނެސްގެން ޝޯ ދިނުމަށްވުރެ މުހިންމު ކަންކަން އެ ފައިސާއަށް ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
“ މުޅި ކައުންސިލް އިސްތިއުފާ ދޭންޖެހޭ. ތީ ބޮޑު އިސްރާފެއް “ މީހަކު ބުނެފައިވެއެވެ.


އީދު ފާހަގަ ކުރުމަށް ރާއްޖޭގެ އެކި ރަށްތަކުގައި ގިނަ ކަން ކަންކުރަމުންދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ