- Advertisement -ad image

ހުޅުމާލޭގައި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގައި 65 އަހަރުގެ މީހަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭގައި މިއަދު ދެ ކާރު ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު ނިޔާވެފައިވާއިރު އިތުރު ދެމީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ހިތިގަސް މަގު ޕްލެޓިނަމް ކައިރީގައި ދެ ކާރު ޖެހި އެތަނުން އެއްކާރު ކޯންޓްރޯލް ނުވެ ގޮސް ޑިވައިޑަރު ތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދުގެ 17:47 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
“މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ، އެތަނުން އެކަކު ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ” ފުލުހުން ބުނެފައިވެއެވެ.

މި އެކްސިޑެންޓްގައި ނިޔާވީ އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަނިޔާވި އަނެއް ދެމީހުންނަކީ އެކްސިޑެންޓްވި އަނެއް ކާރުގައި ތިބި ދެމީހުން ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ